23 ދުވަސް ތެރޭ ވޭމަންޑޫގެ 27 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި

ތ. ވޭމަންޑޫއަށް އިތުރު ކުރެވޭ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ 23 ދުވަހުގެ ތެރޭގައި ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގެ އިތުރުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އާއެވެ.

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަސައްކަތް ކުރަނީ އެމްއޭސީއެލް އިން ގެނެސްފައިވާ ”ފިލިޕޯ ބްރުނެލެޝީ“ ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. މިއީ އެއްފަހަރާ 11،300 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރެޖަރެއްކަން ފާހަަގަކޮށްލަން ޖެހެއެވެ.

ބާރަ ސަތޭކަ ހަތް ދިހަ މީހުންގެ އާބާދީއެއް އޮންނަ ވޭމަންޑޫއަކީ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top