މެންބަރު ސައުދާ، ކޮންގްރެސް ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ވާދަކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ.

މީސިްމީޑިއާގައި ސައުދާ މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ، ނައިބު ރައީސްގެ މަޤާމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ކޮންގްރެސް ޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑިއަށް ސައުދާ އިންތިޚާބުވެވަޑައިގަތީ 2024 ވަނަ އަހަރު އެވެ. މަޖިލީހުގެ ގޮނޑީގެ އިތުރުން ސަރުކާރު ހިންގުމާއި، ކޮންގްރެސް ޕާޓީގެ މަސައްކަތްތަކުގައި ސައުދާ މުހިއްމު ދައުރެއް އަދާކުރައްވައެވެ.

”މާތްاللهގެ ވާގިފުޅާއެކު ކުރިއަށްއޮތް ކޮންގްރެސް ޕާޓީގެ މަތީމަޖިލީހުން އިންތިޚާބު ކުރާ ޕާޓީގެ ނައިބުރައީސުންގެ މަޤާމަށް އަޅުގަނޑު ކުރިމަތި ލުމަށް ޤަސްތުކޮށް،ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެމްބަރުންގެ ތާޢީދަށް އެދެމުން އެކަން ޢިއުލާން ކުރަމެވެ.﷽“ ސައުދާ އާންމުކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ އިންތިޚާބު އޮންނާނީ ސެމްޓެމްބަރު މަހު އެވެ.

ސައުދާގެ އިތުރުން ކޮންގްރެސް ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ވާދަކުރައްވާކަން އިތުރު ތިން ބޭފުޅަކު ވަނީ އިއުލާނުކުރައްވައިފައެވެ. އެއީ ވަޒީރު މުޙައްމަދު ސަޢީދު އާއި ވަޒީރު ޢަބްދުﷲ ރާފިއުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top