Category: ހަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން މާދާމާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ. ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. މި އިންތިހާބަށް ޖުމްލަ 4154 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕްކޮށްފައެވެ. މި އިންތިހާބުގައި ޖުމްލަ ހަތް ފޮށްޓެއް ބަހައްޓާއިރު އެއީ މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބަހައްޓާ ދެ ފޮށްޓާއި އައްޑޫގައި ބަހައްޓާ ފަސް ފޮއްޓެވެ. ވޯޓު ފޮށި ބަހައްޓާ ތަންތަން: * މާލެ، ދަރުމަވަންތަ ސްކޫލް، […]

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފަށަނީ

އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ. ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްދާނީ އަތޮޅުތައް ވަކިންނެވެ. އެގޮތުން ޖޫން 5 އަދި 6 ގައި އޮޑިޝަން ބުރު ކުރިއަށްދާނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައެވެ. ޖޫން 12 އަދި 13 ގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. […]

މިއަދުން ފެށިގެން ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނެ

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖުވެރިން މައްކާއަށް ގޮސްފައިވަނީ ގައުމީ އެއާލައިން– މޯލްޑިވިއަން އަދި ސައުދީ އެއާލައިނުންނެވެ. ހައްޖުވެރިން އައުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެން މިއަދާއި، އާދިއްތަ، ހޯމަ އަދި އަންގާރަ، މި ހަތަރު ދުވަހުއެވެ. ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް: * 05 ޖޫން […]

ސަބްސްކްރިޕްޝަންތައް ލިމިޓެއް ނުކުރަން، ފައިސާ ނުދެއްކޭނަމަ ހައްލުކޮށްދޭނަން: ބީއެމްއެލް

އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތައް ލިމިޓުކޮށްފައި ނުވާނެ ކަމަށާއި  މައްސަލައެއް ދިމާވެގެން ރިޕޯޓުކުރުމުން އެ ކަމަށް އެންމެ އެކަށީގެންވާ ހައްލު ވަގުތުން ހޯދަދޭނެ ކަމަށް ގައުމީ ބެންކު– ބީއެމްއެލްއިން ބުނެފިއެވެ. އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅުމަށް ބޭންކުން ނިންމާފައިވެއެވެ. އެއާއެކު، ހިދުމަތްތަކުގެ ސަބްސްކްރިޝަނަށް ފައިސާ ނުދެއްކޭ ކަމުގެ ޝަކުވާތައް އަންނަނީ ފެންމަތިވަމުންނެވެ. އެ ކަމާ […]

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސް

މިއަދު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި […]

އިކޯސޮކް އަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ތާރިޚީ ކާމިޔާބީއެއް: ރައީސް

އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މި ވޭތުކުރި 60 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް) ގެ ގޮނޑިއަކަށް ރާއްޖެ އިންތިޚާބުވުމަކީ، ތާރީޚީ ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ. މި ތާރީޚީ ކާމިޔާބީ ރަމްޒުކޮށްދެނީ، ބައިނަލްއަޤުވާމީ މަސައްކަތްތައް ކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި […]

ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ޤާއިމްކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެ އެވެ.

Back To Top