މައްކާ ރޫޓްގެ ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނަނީ

މިއަހަރު ވެސް ރާއްޖޭގެ ޙައްޖުވެރިން ފުރާނީ މައްކާރޫޓްގެ އިންތިޒާމްތަކުގެ ތެރެއިންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ވުޒާރާއިން ބުނީ މިކަމުގެ ތައްޔާރީތަކަށް ސަޢޫދީ ޢަރަބިއްޔާއިން ވަޑައިގަންނަވާ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނާނެކަމަށެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ، ހައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސައުދީއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ.

މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލުންނެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލު ކުރާނެ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖުވެރިންނަށް މި ހިދުމަތް ލިބެން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެން ނެވެ.

މައްކާ ރޫޓުގެ އެޑްވާންސް ޓީމުން ރާއްޖެއަށް މިކުރާ ޒިޔާރަތުގައި ރާއްޖޭގައި ތިބެގެން ހައްޖުވެރިންގެ އެންމެހާ މައުލޫމާތުތަކާއި ބައޯމެޓްރިކްސް ނަގާ، އިދާރީގޮތުން ސެކިއުރިޓީގެ ބޭނުމަށް އެންމެހާ މައުލޫމާތުތައް ނަގާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top