ފްލައިދުބާއީން ފުރަތަމަ ފަހަރަށް ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފަށަނީ

ފްލައިދުބާއީގެ ހާއްސަ ކާގޯ ފްލައިޓްތަކެއް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފަށަން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓް، އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާޤެވެ.

ފިރާގު ވިދާޅުވީ މި ދަތުރުތަކަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަވެސް ދޫކޮށްފައި ވާކަމަށާއި  މެދުއިރުމަތީ ހަނގުރާމައިގެ މި ދަނޑިވަޅުގައި ފްލައިދުބާއީން އިސްނަގައިގެން މިފަދަ ދަތުރުތަކެއް ރާއްޖެއަށް ފެށުމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ.

ދުބާއީގެ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު (ޑީޑަބްލިއުސީ) އާއި މާލެގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރާ މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ގެ ނިޔަލަށް ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

މިއީ ފްލައިދުބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ”ކާގޯ-އިން-ކެބިން“ ނުވަތަ ބޯޓުގެ ކެބިންގައި މުދާ އުފުލާ ގޮތަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ.

މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ގިނަ އުފެއްދުންތަކަކީ ޔޫއޭއީ އިން ވައިގެ މަގުން ގެންނަ ބާވަތްތަކެވެ.

މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top