ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ: މާލެ ސަރަހައްދުގެ ވޯޓު ފޮށި ކަލާފާނު ސުކޫލުގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މާދަމާ ބާއްވާ ޕްރައިމަރީގައި މާލެ ސަރަހައްދުގެ ވޮޓު ފޮށިތައް ބަހައްޓާނީ ކަލާފާނު ސުކޫލުގައިކަން އެ ޕާޓީން ހާމަކޮށްފި އެވެ.

ކޮންގްރެސްގެ ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.

ހިތަދޫ ވޯޓު ފޮށިތައް ބަހައްޓާނީ ހިތަދޫ ސުކޫލުގަ އެވެ. އަދި މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓަނީ ކަލާފާނު ސުކޫލުގަ އެވެ.

މި ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ކޮންގްރެސް ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ އިންތިޚާބުގެ ވޯޓްލުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top