ރާއްޖޭގެ ހަ ރަށެއްގައި މުޅިން އަލަށް ފިއުލް ސްޓޭޝަން ގާއިމްކޮށް ތެޔޮ ލިބޭނެ އިންތިޒާމް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހަމަޖައްސައިފިއެވެ.
އެފްއެމްއެސްއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ފިއުލް ސްޓޭޝަން ގާއިމުކޮށް، މަސްވެރިންނާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ އިންތިޒާމެއް އަަލަށް ހަ ރަށެއްގައި ވަނީ ހަމަޖައްސާފައެވެ.
އެއީ:
- ރ. ދުވާފަރު،
- ހއ. އިހަވަންދޫ،
- ހދ. ހަނިމާދޫ،
- ށ. މިލަންދޫ،
- ބ. އޭދަފުށި،
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވީ އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ. އެކަން ހައްލު ކޮށްދެއްވުމަށް ސަރުކާރުން ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ގާއިމްކުރުމުގެ މަސައްކަތް ފެށިއެވެ.
އެގޮތުން އެފްއެސްއެމްގެ ފުރަތަމަ ފިއުލް ސްޓޯރޭޖް ހުޅުވީ، 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައެވެ. އެ މަޝްރޫއުގެ ދަށުން ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

