މިއަދުން ފެށިގެން ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނެ

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖުވެރިން މައްކާއަށް ގޮސްފައިވަނީ ގައުމީ އެއާލައިން– މޯލްޑިވިއަން އަދި ސައުދީ އެއާލައިނުންނެވެ.

ހައްޖުވެރިން އައުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެން މިއަދާއި، އާދިއްތަ، ހޯމަ އަދި އަންގާރަ، މި ހަތަރު ދުވަހުއެވެ.

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:

* 05 ޖޫން 2026 (ހުކުރު)

ސައުދީ އެއާލައިން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 03:15

* 07 ޖޫން 2026 (އާދިއްތަ)

މާލެއަށް ޖައްސާ ގަޑި 14:00* 07 ޖޫން 2026 (އާދިއްތަ)މޯލްޑިވިއަން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 09:40         މާލެއަށް ޖައްސާ ގަޑި 17:40

* 08 ޖޫން 2026 (ހޯމަ)

ސައުދީ އެއާލައިން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 03:15     މާލެއަށް ޖައްސާ ގަޑި 14:00

* 09 ޖޫން 2026 (އަންގާރަ)

މޯލްޑިވިއަން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 16:00       މާލެއަށް ޖައްސާ ގަޑި 00:01

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން މާލެއިން މައްކާއަށް ފުރާފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައިދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި އިނިޝިއޭޓިވްގައި އާއްމުކޮށް ހިމަނަނީ ގިނަ އަަދަދެއްގެ މީހުން ހައްޖަށް ފޮނުވާ ގައުމުތަކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top