ރ. ވާދޫ ބިންހިއްކުމާއި ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެެވެ.
އެމްޓީސީސީއިން ވިދާޅުވީ ވާދޫ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިއުލައިޒްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސައިޓް ސެޓްއަޕްކުރުމުގެ މަސައްކަތް ކަމަށެވެ.
ވާދޫ ބިންހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއިން ދަނީ އެ ރަށުގައި ކުރަމުންނެވެ.
638 މީހުންގެ އާބާދީގެ ރ. ވާދޫއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ހިތްގައިމު ރަށެކެވެ. އެގޮތުން ރަށުގެ އުތުރާއި ދެކުނުގައިވެސް ރީތި ތުނޑިއެއް އޮންނައިރު، ރަށުގެ ދެކުނު ފަރާތުގައި ބޮޑު ފަޅަކާއި ވިލެއް އޮވެއެވެ.
ވާދޫގެ ރައްޔިތުން މައިގަނޑު ގޮތެއްގައި ވަޒީފާ އަދާކުރަނީ ރިސޯޓް ދާއިރާގައެވެ. ނަމަވެސް ފަރުމަހުގެ މަސްވެރިކަމާއި އަދި ހައިޑްރޮޕޯނިކްސް ދަނޑުވެރިކަންކުރާ ފަރާތްތައް ވެސް ކޮންމެ ވެސް ވަރަށް އެ ރަށުގައި އުޅެއެވެ.
ރާއްޖޭގެ ގިނަ ރަށްތައް ފަދައިން ވާދޫއަކޫ ވެސް ރަށްގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށެކެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ މައްސަލައަށް ވެސް އެމްޓީސީސީއިން ހައްލެއް ގެނެސްދެއްވާނެއެވެ.

