ތޮއްޑޫން މިފަހަރު އެމްޑީޕީއަށް ދިނީ ކައުންސިލްގެ އެންމެ ގޮނޑިއެއް!

މިދިޔަ ހޮނިހިރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުގައި އއ. ތޮއްޑޫގެ ކައުންސިލްގެ ހަތަރު ގޮނޑި ސަރުކާރުން ހިންގާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ތޮއްޑޫއަކީ އެމްޑީޕީ ރަށެކެވެ. އަދި މިހާރު ހިނގަމުންދާ ކައުންސިލުގެ ރައީސް ހިމެނޭހެން 4 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

ނަމަވެސް މިފަހަރުގެ އިންތިހާބުގައި ވަނީ ތަފާތު ދައްކައިފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނަތީޖާއިން ދައްކާގޮތުން ތޮއްޑޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އާދަމް ނަވީނެވެ. އޭނާއަށް 610 ވޯޓު ލިބިވަޑައިގަތެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު ހަސަން ނަސީފަށް ލިބިވަޑައިގެންނެވީ 574 ވޯޓެވެ.

އެ ރަށުގެ ކައުންސިލު މެމްބަރު ކަމުގެ ދެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށްވާ މޫސާ އަނީލް އާއި، އަަލީ ރިޝާނެވެ. އަނީލަށް 597 ވޯޓު ލިބިވަޑައިގެންނެވިއިރު، ރިޝާނަށް ލިބިވަޑައިގެންނެވި 574 ވޯޓެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރަޝީދަށް 454 ވޯޓު ލިބިވަޑައިގެންނެވިއިރު، އަލީ އާޒިމަށް ލިބިވަޑައިގެންނެވީ 482 ވޯޓެވެ. ކައުންސިލްގެ އަންހެނުންގެ ހާއްސަ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއެއް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު މަރިޔަމް ސުޒީއެވެ. އޭނާއަށް 725 ވޯޓު ލިބިވަޑައިގެންނެވިއިރު، ދެވަނަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު މަޖުދާއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 514 ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top