ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނަޖާހު މަގާމުން ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ސިފައިންގޭގައި 21 އަހަރު ހިދުމަތް ކުރެއްވި ނަޖާހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ނަޖާހު ވަކި ކުރިކަން ކަށަވަރުކޮށްދީފައެވެ. އެކަމަކު، ވަކި ކުރި ސަބަބެއް ނުބުނެއެވެ.

ނަޖާހު އެ މަގާމަށް އައްޔަން ކުރެއްވީ މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ނަޖާހު ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ނަޖާހު ވަކިކުރިއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކައިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން، ރަށްރަށަށް ޖެންސެޓު ފޮނުވުން ފަދަ މަސައްކަތްތައް ފެނަކައިން ކުރިއެވެ.

ފެނަކައިގައި ނަޖާހު ހުންނެވިއިރު، ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައްޑޫގެ ކަރަންޓުގެ މައްސަލައެވެ. އައްޑޫން ކަރަންޓު ކެނޑޭތީ ފެނަކައަށް ފާޑު ކިއުން އަމާޒުވި އިރު، ސަރުކާރުން މިހާރު ވަނީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލު ކުރުމަށް ބޮޑު މަޝްރޫއެއް ފަށައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top