ހޫނުގަދަ ދުވަސްތަކަކަށް ފަހު ރާއްޖޭގެ ބައެއް ރަށްތަަކަށް މިއަދު ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމައި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މެޓް އިން ލަފާކޮށްފައިވާގޮތުގައި ހައެއް، ހަތެއް އަދި އަށެއްގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ވިދާޅުވީ، ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުުރުމާއެކު ގުގުރުން އެކަށީގެންވާ ކަަމަށެވެ. އަދި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، އާންމު ގޮތެއްްގައި މޫސުން ރަނގަޅުވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މެޓް އިން ވިދާޅުވެފައިވާގޮތުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނދާއި ހުޅަނގު އުތުރުން، ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

