ދެކުނުގެ އަތޮޅުތަކަށް 40 މޭލަށް ވައިގަދަވާނެ ކަަމަަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) ހުދު ސަމާލު ނެރެފިއެވެ.
މެޓްއިން ހުދު ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
މިއަދު މެންދުރު 13:00 އާ ހަމައަށް ނެރުނު ސަމާލުގައި ވިދާޅުވީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 ޟޭލާަށް ވައިގަދަވާނެ ކަމަަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މެޓް އިން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ވިދާޅުވީ، ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ވިދާޅުވިއެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

