ފަގީރު މައިންބަފައިންގެ އެހީއާ ނުލައި ދަރިން ބަލާ މީހުންނަށް 187،500ރ. ދީފި

ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް މާލީ އެހީގެ ގޮތުގައި ފެބްރުއަރީ މަހު 187،500ރ. ދީފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ 101 ފަރާތަކަށް ފެބްރުއަރީ މަހު މާލީ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ޖުމްލަ 187،500ރ. ގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެހީ ހޯދުމަށް އެކަކު އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 137 ކުޑަކުދިންނަށް އެ އެހީ ދެމުންދާ ކަމަށް ވެސް އެންސްޕާއިން ވިދާޅުވެފައިވެއެވެ.

ފަގީރު ހާލަތުގައި ދިރިއުޅޭ 706 ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މިދިޔަ މަހު ޖުމްލަ 26،040ރ. ހަރަދުކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ކާބޯތަކެތި ގަތުމަށް އެހީ ހޯދުމަށް އަލަށް ހަ މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް ވެސް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top