ގޭހުގެ އާ ޝިޕްމެންޓެއް އިއްޔެ ރާއްޖެ ގެނެސްފި

ގޭހުގެ އާ ޝިމްޕެންޓެއް އިއްޔެ ރާއްޖެއަށް ގެނެސްފިއެވެ.

އެސްޓީއޯއިން ވިދާޅުވީ ގޭހުގެ އާޝިޕްމަންޓެއް އިއްޔެ ލިބިފައިވާ ކަމަށެވެ.

އަދި އެ ކުންފުނިން ދަނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ހާއްސަ އިސްކަމެއްދީގެން އެކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ގޭސް ލިބުމުގައި ދަތިތަކެއް ދުނިޔޭގެ ބާޒާރާއި ސަރަހައްދީ ބާޒާރުގައި ވަނީ ދިމާވެފައެވެެ. ކައްކާ ގޭހުގެ ސަޕްލައިއަށް ލޮޅުންތަކެއް ވަނީ އަރާފައެވެ.

މި ފަހުން އެ ލޮޅުންތަކާ ގުޅިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް ވިއްކަމުން ދިޔަ 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުގައި ހަތް ކިލޯގެ ގޭސް ފުޅި ވެސް ވިއްކިއެވެ. ނަމަވެސް ގޭހުގެ އާ ޝިޕްމެންޓް ލިބުމާއެކު މިހާރު ވިއްކަމުންވަނީ 10 ކިލޯގެ ގޭސް ފުޅިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top