ދިއްގަރު ފިޓްނެސް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް

މ.ދިއްގަރުގައި ސަރުކާރުން އިމާރާތްކުރާ ފިޓްނަށް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، އެ ސެންޓަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި މިހާރު މެސަންރީ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މި އަމާޒު ހާސިލްކުރުމަށްޓަކައި ސަރުކާރުން އަންނަނީ ފިޓްނަސް ސެންޓަރުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިފަދަ ސެންޓަރުތަކުގެ ބޭނުމަކީ، ދިވެހިންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top