ސަރުކާރުން ޚަރަދު ހަމަޖައްސައިދޭ ޓިވެޓް ޓިޗަރ ޓްރެއިނިން ސްކޮލަރޝިޕަށް ހުޅުވާލައިފި

ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސައިދޭގޮތަށް ޓިވެޓް ޓީޗަރ ޓްރެއިނިން ސްކޮލަރޝިޕަށް ހުޅުވާލައިފި އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތުގައި ޑިޕްލޮމާގެ 7 ފުރުސަތު އަދި ޑިގްރީގެ 3 ކޯސް ހިމެނެއެވެ.

ކޯސްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 26 ވަނަ ދުވަހުގެ 13:30 އެވެ.

ޑިޕްލޮމާގެ ދާއިރާތައް:

  • މެނުފެކްޗަރިން އިންޖިނިއަރިން
  • ސިވިލް އިންޖިނިއަރިން
  • މެކަޓްރޯނިކްސް
  • އެއަރ ކޮންޑިޝަނިން އެންޑް ރެފްރިޖަރރޭޝަން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ކަރޕެންޓްރީ ޓެކްނޮލޮޖީ
  • ގްރެފިކް ޑިޒައިނިން

ޑިގްރީގެ ދާއިރާތައް:

  • އޮޓޮމޯޓިވް އިންޖިނިއަރިން
  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން
  • މެރިން އިންޖިނިއަރިން ޓެކްނޮލޮޖީ

މި ކޯސްތަކުގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސާއިރު، ކޯހުގެ ދިގުމިނަށް ބަލައި، މޯލްޑިވްސް ޕޮލިޓެކްނިކަށް ޚިދުމަތްކުރުމަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، ސްކޮލަރޝިޕްތައް ވާންޖެހޭނީ އިންގިލިޝް މީޑިއަމްގެ ކޯސްތަކަށް ކަމަށާއި، އަދި ޕްލޭސްމަންޓް ހޯދުމަށް ފަހު 12 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ޖެހޭނެ ކަމަށެވެ.

ކޯސްތަކުގައި ކިޔަވަން 24 ގައުމެއް ވަނީ ހިމަނައިފަ އެވެ. ކޯސްތަކުގައި ބައިވެރިވެވޭނީ އެމްކިއުއޭގެ ”މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވަރކް“ ގެ މިނިމަމް އެންޓްރީ ރިކުއަމަންޓްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކޯސްތަކަށް ހުޅުވާލިއިރު، މި ފަހުން އެ ވުޒާރާއިން އާއްމުކުރި ކުރި ޕޯޓަލް މެދުވެރިކޮށް ކޯސްތަކަށް ކުރިމަތިލެވޭގޮތް ވަނީ ހަމަޖައްސައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top