8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެފައި ބެހެއްޓި މައްސަލައެއް ބަލަނީ

އުމުރުން އަށް އަހަރުގެ ކުޑަ ކުއްޖަކު ގަހެއްގައި ބަނދެފައި ބެހެއްޓި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު މެންދުރު 13:17 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީސް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ ކުޑަ އަންހެން ކުއްޖެއްގެ ދަ އަތް ބަނދެ ގަހެއްގައި ވާގަނޑެއް ޖަހައި އައްސާފައި ހުންނަ ތަނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top