އީރާން ސުންނާފަތި ކުރާނެ ކަމަށް ބުނެ ގިނަ އިންޒާރުތަކެއް ދެމުން އައި އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް، އެންމެ ފަހުން އީރާނަށް އެހީވާނެ ކަމަށް ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރެއިން އީރާނަށް އެންމެ ވަރުގަދަ ހަމަލާތަކެއް، އަދި ދެވެން އޮތް އެންމެ ނުރައްކާތެރި އިންޒާރުތަކެއް ދީފައިވަނީ އެމެރިކާއިންނެވެ. ޓްރަމްޕްގެ އަމިއްލަ މީސްމީޑިއާ އެކައުންޓްތަކުން އިސްރާއީލަށް ވަރުގަދަ އިންޒާރުތަކެއް ދީފައިވާއިރު، އެންމެ ފަހުން އެ އިންޒާރުތައް ހަނދާން ނައްތާލައި އޭނަ ވަނީ އީރާނަށް އެހީވާނެ ކަމަށް ބުނެފައެވެ.
ޕާކިސްތާނުގެ ހުށަހެޅުމަށް 2 ހަފްތާގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލާފައިވާއިރު، މީސްމީޑިއާ މަންސައެއް ކަމަށްވާ ”ޓްރުތްސޯޝަލް“ގައި ޓްރަމްޕް ބުނެފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން އަލުން ދަތުރުތައް ފެށުމަށް އެހީވެދޭނެ ކަމަށެވެ.
އަދި އެގައުމުން ވެސް އެ ކަނޑުއޮޅިން އެކިއެކި އެހީތަކާއި ތަކެތި ފޮނުވާނެ ކަމަށާއި އަދި ހުރިހާ ކަމެއް ވެސް ދަނީ އެންމެ ރަނގަޅަށްކަން ބަލާނެ ކަމަށެވެ. އެކަން ވެގެންދާނީ މެދުއިރުމައްޗަށް ބޮޑު ކާމިޔާބީއަކަށް ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.
އެކަމުގައި އެމެރިކާ ރޯލަކީ ކޮބައިކަން ޓްރަމްޕް ހާމަކޮށްފައި ނުވި ނަމަވެސް، އޭނާ ބުނެފައިވަނީ އެކަމުން އީރާނަށް ފައިސާ ހެދޭނެ ކަމަށާއި އީރާން އާރާސްތު ވެސް ކުރެވޭނެ ކަމަށެވެ.

