ކުޅުދުއްފުށި މޫދު އަޑިން އުމުރުން ދުވަސްވީ މީހަކު ފެނިއްޖެ

ކުޅުދުއްފުށި މޫދު އަޑިން އުމުރުން ދުވަސްވީ މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ”ވަގުތު“ އަށް މިއަދު ވިދާޅުވީ، ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދުގެ 13:48 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ މިއަދު މެންދުރުފަހު، 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މިވަގުތު އެމީހާ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެމީހާ ނިޔާވެފައިވާކަމެއް ނުވަތަ ނޫން ކަމެއް ހޮސްޕިޓަލުން އަދި ކަށަވަރުކޮށްދީފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ …

Leave a Reply

Your email address will not be published. Required fields are marked *

Back To Top