އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހުމުން މަޑުނުކޮށް ދިޔަ މީހާ ފުލުހަށް ހާޒިރުވެއްޖެ

މާލޭގެ މަޖީދީ މަގު، އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ފުލުހަށް ހާޒިރުވެއްޖެއެވެ.

ފުލުހުން އިއްޔެ ވަނީ ސައިކަލް ދުއްވަން އިން ފިރިހެނެއްގެ ވީޑިއޯ އާންމުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެމީހާއަކީ މި މައްސަލައިގައި ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ. އެހެންވެ، ފުލުހުން ވަނީ މިކަމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުށް ފަރާތެއްވާނަމަ އެ މައުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅައި ހިއްސާ ކުރުމަށް ފުލުހުން އިއްޔެ އެދިފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ”ވަގުތަށް“ މިއަދު ވިދާޅުވީ އެ މީހާ ރޭގައި އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއްނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top