ލ. އަތޮޅުގައި ކުރާ އާރްޓީއެލް ފެރީ ދަތުރުތަކުން މާދަމާއިން ފެށިގެން އަގު ނަގަނީ

ލ އަތޮޅުގައި ކުރާ އާރްޓީއެލް ފެރީގެ ދަތުރުތަކުން މާދަމާއިން ފެށިގެން އަގު ނަގާނެ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ އެ ކުންފުނިން ލ. އަތޮޅުގައި އާރްޓީއެމް ހިދުމަށް ފެށުމަށްފަހު އަޖުމަ ބެލުމުގެ ގޮތުން ކަސްޓަމަރުންނަށް ހަމަޖައްސައިދީފައިވާ އެއް ހަފްތާ ހިލޭ ދަތުރުގެ މުއްދަތު ހަތެއް އޭޕްރީލްގައި ނިމުމަކަށް އަންނާނެ ކަމަށެވެ.

އެހެންކަމުން 8 އޭޕްރީލް 2026 އިން ފެށިގެން އާރްޓީއެލް ފެރީގައި ދެން ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެން ކަމަށް ވިދާޅުވިއެވެ.

އަދި ޓިކެޓް ނެގުމަށް އާރްޓީއެލް ވެބްސައިޓް އާއި އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޓީސީސީއިން ވިދާޅުވިއެވެ.

އެމްޓީސީސީއިން ވިދާޅުވީ އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެދޭކަމަށެވެ.

އާރްޓީއެލްގެ ނިޒާމަކީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫއެކެވެ.

މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ. މީގެ އިތުރުން، މި ޚިދުމަތް ފުޅާވުމަކީ އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމަށް މަގުފަހިވެ، ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top