ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅުނު ބިދޭސީއަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކޮށްފި

އިމިގްރޭޝަން ގާނޫނާ ހިލާފަށް ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުން ދިޔަ ބިދޭސީއަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 36 އަހަރުގެ ބަންގަލަދޭޝް މީހެކެވެ.

ކޯޓު އަމުރުގައި ވާގޮތުން މި މައްސަލާގައި މީނާއާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަނުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މީނާ އަކީ އިމިގްރޭޝަން ޤާނޫނާ ހިލާފަށް ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ މީހެއްކަން ދިފާއީ ވަކީލުގެ ބަހުން ވަނީ ސާފު ވެފައެވެ.

އެގޮތުން މީނާއާ ގުޅުވާލެވޭނެ ހެކި ނެތްކަމަށް ދިފާޢުން ފާހަގަކުރާ ކަމަށާއި އެހެންނަމަވެސް ހެކިތަކުން މިސްރާބު ކޮށްދެނީ މީނާއާ ގުޅުވާލެވޭ ތަންތަނުން
ފެނިފައިވާ ތަކެތިކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

އޭނާ ވަނީ 30 ދުވަހަށް ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top