އިންތިހާބުގެ ދެވަނަ ބުރުގައި ކައުންސިލް ދެ ގޮނޑި އާއި ޑަބްލިޔުޑީސީގެ ތިން ގޮނޑި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގެ ދެވަނަ ބުރުގައި ކައުންސިލް ދެ ގޮނޑި އާއި ޑަބްލިޔުޑީސީގެ ތިން ގޮނޑީގެ ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

އީސީން އިންތިހާބުގެ ދެވަނަ ބުރު ބާއްވަނީ އިންތިހާބު ކުރަން ޖެހޭ މެންބަރުގެ އަދަށްވުރެ ގިނަ ކެންޑިޑޭޓުުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައި ވާތީއެވެ. އިއްޔެ އީސީން އެ އިންތިހަބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާއިރު، އެ ނަތީޖާ އިއުލާން ކުރުމަށްފަހު، އިންތިހާބުގެ ދެވަނަ ބުރުގައި ކައުންސިލް ދެ ގޮނޑި އާއި ޑަބްލިޔުޑީސީގެ ތިން ގޮނޑީގެ ވޯޓުލުން ކުރިއަށްދާނެ ރަށްތައް ވަނީ އިއުލާން ކޮށްފައެވެ.

މިގޮތުން އީސީން ދެވަނަ ބުރު ބާއްވާ ކައުންސިލު ދެ ގޮނޑި

  • ދޮންފަނު ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑި
  • ފުވައްމުލައް ސިޓީގެ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަ ގޮނޑި)

މިގޮތުން އީސީން ދެވަނަ ބުރު ބާއްވާ ޑަބްލިއުޑީސީގެ ތިން ގޮނޑި

  • ހއ. ކެލާ
  • ހދ. ނޭކުރެންދޫ
  • ލ. މާވަށް

އީސީން ވިދާޅުވީ، މި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 8:00 އިން 16:00 އަށް ކަަމަށެވެ. އަދި ޖެހިގެން އޮންނަ ދުވަހު ރަސްމީ ނަތީޖާ އިއުލާން ކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top