އެމްޓީސީސީން ރާއްޖެއިން ބޭރުގައި މަޝްރޫއުތައް ހިންގަން ފަށަނީ

އެމްޓީސީސީއަށް ރާއްޖެއިން ބޭރުގައި މަޝްރޫތައް ހިންގުމަށް ފުރުސަތު ފަހިވަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

”އެމްއެމްޓީވީ“ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ އެމްޓީސީސީއިން ބޮޑެތި ގިނަ މަޝްރޫތަކެއް ހިންގަމުންދާތީ އެ ކުންފުނީގެ ޕޯޓްފޯލިއޯ މުއްސަނދިވެ ވަރުގަދަވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ކުންފުންޏަށް އޮންނަ އިތުބާރާއި ޔަގީންކަންން ބޮޑުވެ، ރާއްޖެ އިން ބޭރުގެ ބައެއް މަޝްރޫއުތައް ހިންގުމުގައި އެ ކުންފުންޏާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ބައިނަލްއަގުވާމީ ކުންފުނިތަކުން ހުށަހަޅަމުންދާ ކަމަށެވެ.

”އެމްޓީސީސީ އަކީ އާއްމުކޮށް ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ހިންގަމުން އަންނަ ކުންފުންޏެއް. ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ކުންފުންޏެއް. މި ކުންފުންޏާއެކު މަސައްކަތްކުރުމަށް ގިނަ އަދަދެއްގެ ބޭރު ކުންފުނިތަކުން ދަނީ ހުށަހައަޅަމުން. މިކަމުގެ ފައިދާ އެންމެ ބޮޑަށް ފެންނާނީ އެމްޓީސީސީން ބަައިނަލްއަގުވާމީ ބިޑެއްގަައި ބައިވެރިވުމުން. ކުންފުނީގެ ޕޯޓްފޯލިއޯ ވަރުގަދަވުމުން އެފަދަ ބިޑުތައް ކާމިޔާބު ކުރަން ފަސޭހަވާނެ.“ ސައުދީ ވިދާޅުވިއެވެ.

ބޭރުގެ މަޝްރޫއުތައް ހިންގުމުގައި އެމްޓީސީސީއާ ބައިވެރިވެގެން މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކާ އެކު މަޝްވަރާތަކެއް ވެސް ކުރިއަށްދާ ކަމަށް ސައުދީ ވިދާޅުވިއެވެ. އެގޮތުން ދެ ޕާޓީއަކުން އެޕްރޯޗް ކުރަމުންދާ ކަމަށެވެ.

”މިސާލަކަަށް އިންޑިއާގެ ބޮޑު ޕާޓީއަކުން މޮރިޝަސްގައި އެއާޕޯޓެއް ތަރައްގީ ކުރަން އެމްޓީސީސީ ޕާޓްނަރަކަށް ހަދަން، ހަމަ އެމްޓީސީސީގެ ޕޯޓްފޯލިއޯ، އެމްޓީސީސީގެ ހިސްޓްރީ، އެމްޓީސީސީން ނިންމާފައި ހުރި ޕްރޮޖެކްޓްތައް އެއަށް ބިނާކޮށް އެ މީހުންނަށް ޕްރޮޖެކްޓް ވިންކުރުމަށް ވަރަށް ބޮޑެތި ޕްލަސް ޕޮއިންޓްތަކެއް އެބަ ލިބޭ.“ ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ ރާއްޖެއިން ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް ކާމިޔާބުކޮށްގެން އެފަދަަ މަޝްރޫއުތަކުގެ މަސައްކަަތް ކުރުމަކީ އެމްޓީސީސީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top